Saturday 25 January 2014

Obituary of a famous poet: Yoosuf Ali Fulhu

ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ

ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ހާސިލުކުރައްވައިގެން ހުންނެވި މަޝްހޫރު ޅެންވެރިޔާ ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ އެވެ.ބ. ދަރަވަންދޫ ދޭލިޔާގެ ޔޫސުފް އަލިފުޅު ދުނިޔެ ދޫކުރެއްވީ ހިތާއި ފުއްޕާ މޭގެ އާލާސްކަންފުޅަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭފަތިހުގެ 3:30ގައި ސްރީލަންކާގެ “ލަންކާ ހޮސްޕިޓަލް”ގެ އައިސީޔޫގަ އެވެ.ޔޫސުފް އަލިފުޅުގެ ދަރިފުޅު އުބައިދުއްﷲ މުއާޒު ލަންކާގައި ހުންނަވައިގެން ސަން އަށް މިއަދު ބުނީ ބައްޕަގެ ހަށިގަނޑު މިވަގުތު އޮތީ ހޮސްޕިޓަލްގައި ކަމަށާއި އެމްބަސީ މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް ނިމުނުހާ އަވަހަކަށް ސްރީލަންކާގައި ފަސްދާނުލާނެ ކަމަށެވެ. އަދި އާއިލާގެ ހުރިހާ ބޭފުޅުން ވެސް މިވަގުތު ތިބީ ލަންކާގައި ކަމަށް ވެސް އުބައިދުއްﷲ ބުންޏެވެ."އަޅުގަނޑުމެން މި ވަގުތު މިތިބީ އެމްބަސީގައި. މިތަނުގައި އެބަތިބި ހުރިހާ ދަރިން ވެސް. މިތަނުން ކުރަން ޖެހޭ ކަންތައް ނިމުނީމާ ބައްޕަ ވަޅުލާނީ މިކޮޅުގައި. މިވަގުތު އަޅުގަނޑުމެން މުޅި އާއިލާ މިވަނީ އެކަމުގެ ހިތާމާގައި. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަބޭފުޅުން ގުޅުއްވާ ލެއްވީތީ،" އުބައިދުﷲ ބުންޏެވެ.ޔޫސުފް އަލިފުޅަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ރައީސް މައުމޫނު އެކުލަވާ ލެއްވި ގާނޫނު ހަދާ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް މެދުނުކެނޑި 17 އަހަރު ކުރައްވާފައިވެ އެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ގޮތުން އަލިފުޅު ވަނީ ވަރަށް ގިނަ ފޮތްތައް ވެސް ލިއުއްވައި ނެެރުއްވައިފަ އެވެ. އުމުރުން 85 އަހަރުގައި އަލިފުޅު ދުނިޔެ ދޫކުރެއްވި އިރު އަނބި ކަނބަލަކާއި އަށް ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

މަޝްހޫރު ޅެންވެރިޔާ ބ. ދަރަވަންދޫ ޔޫސުފް އަލިފުޅު އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު 79 އަހަރުގައި ރޭ ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.
އާއިލާއާ އެކު ސްރީ ލަންކާގައި އުޅުއްވަމުން ގެންދެވި ޔޫސުފް އަލިފުޅު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ލަންކާ ހޮސްޕިޓަލްގައި ކަމަށް އޭނާގެ ބޭފުޅެއް ކަމަށްވާ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ނޭވާލުމުގެ ނިޒާމުގެ މައްސަލައެއްގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ޔޫސުފް އަލިފުޅު

ފިރިހެން އަށް ބޭފުޅުން ތިއްބެވި ޔޫސުފު އަލިފުޅަކީ ކުޅަދާނަ ޝާއިރެކެވެ. އުސްތާޒެކެވެ. ފަނޑިޔާރެކެވެ. އަދި ދިވެހި ބޭސްވެރިޔެކެވެ.
ޅެންވެރިކަމުގައި “މައިނާ”ގެ ނަމުން މަޝްހޫރު ޔޫސުފު އަލިފުޅު ވަނީ ގިނަ ދާއިރާކުން ޅެމާއި ރައިވަރު ހައްދަވާފަ އެވެ. އޭނާގެ ޅެން ހެއްދެވުމުގެ އަވަސްކަމާއި ބަހުގެ މުއްސަނދިކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.
ޔޫސުފް އަލިފުޅު ވިދާޅުވެފައިވާ ގޮތުގައި ޅެމެއް ހައްދަވަން އިށީންނެވުމަށް ފަހު، ތެދުވެވަޑައިގަންނަވަނީ އެ ޅެން ނިންމެވުމަށް ފަހު އެވެ.
"އަޅުގަނޑު ޅެމެއް ހަދަން އިށީނދެފައި ދުވަހަކު ވެސް ފަހުން ބައިތެއް ލިޔާކަށް ނުބާއްވަން. ފަހަރަކު ތަންކޮޅެއް ލިޔުމަކީ އަޅުގަނޑަށް ކުރަން ޖެހޭ ކަމެއް ނޫން،" ޔޫސުފް އަލިފުޅު ވިދާޅުވެފައިވެ އެވެ.
އޭނާ އަކީ މިޒަމާނުގެ މަޝްހޫރު އެތައް ޅެންވެރިންނެއްގެ އުސްތާޒެކެވެ. އެގޮތުން ޒުވާން ޅެންވެރިޔާ ތޮއްޑޫ އާދަމް ނަސީރަކީ ވެސް ޔޫސުފް އަލިފުޅުގެ ދަރިވަރެކެވެ.
ޅެންވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު 1985 ގައި ލިބިވަޑައިގެންވައިވާ ޔޫސުފް އަލިފުޅުގެ ގިނަ ފޮތްތަކެއް ވެސް ވަނީ ޝާއިއުުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ޅެމާއި ރައިވަރު ފޮތާއި ޅެން ހަދަން ދަސްކޮށްދިނުމުގެ ފޮތް ހިމެނެ އެވެ. އަދި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނެރޭ ރައިވަރުގެ ސަރަހަ ހިމެނޭ ސިލްސިލާ ފޮތް ކަމަށްވާ “ސަތޭކަ ރައިވަރު” ފޮތުގައި ވެސް އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.
ޔޫސުފް އަލިފުޅު އަވަހާރަވުމަކީ ދިވެހި “ޅެން ބަގީޗާ” އަށް ލިބުނު ހަރީފު ކަމެއް ކަމަށް އާދަމް ނަސީރު ސިފަކުރެއްވި އެވެ.
"ދިވެހި އަދަބީ ދުނިޔޭގައި ރައިވަރުގެ މަދަރުސާ ބަންދުވުން އެއީ،" އޭނާ ވިދާޅުވި އެވެ.
ޔޫސުފް އަލިފުޅު ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ 16 އަހަރުގަ އެވެ. އޭނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ކަތީބުކަމާއި މުދައްރިސްކަމާއި ގާޒީކަން ހިމެނެ އެވެ.
މިހާރު އަމަލްކުރަމުން އަންނަ ގާނޫނު އަސާސީގެ ކުރިން ރާއްޖޭގައި ހެދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަން ޔޫސުފް އަލިފުޅު ކުރެއްވި އެވެ.
އެންމެ ފަހުން ސަރުކާރުގައި އޭނާ އަދާކުރެއްވީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ކޯޑިނޭޓަރުކަމެވެ. އެ މަގާމުގައި ހުންނަވަނިކޮށް އޭނާ މުސްކުޅިކުރެއްވީ 2008 ގަ އެވެ.
ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ

ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ހާސިލުކުރައްވައިގެން ހުންނެވި މަޝްހޫރު ޅެންވެރިޔާ ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ އެވެ.

ބ. ދަރަވަންދޫ ދޭލިޔާގެ ޔޫސުފް އަލިފުޅު ދުނިޔެ ދޫކުރެއްވީ ހިތާއި ފުއްޕާ މޭގެ އާލާސްކަންފުޅަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭފަތިހުގެ 3:30ގައި ސްރީލަންކާގެ “ލަންކާ ހޮސްޕިޓަލް”ގެ އައިސީޔޫގަ އެވެ.

ޔޫސުފް އަލިފުޅުގެ ދަރިފުޅު އުބައިދުއްﷲ މުއާޒު ލަންކާގައި ހުންނަވައިގެން ސަން އަށް މިއަދު ބުނީ ބައްޕަގެ ހަށިގަނޑު މިވަގުތު އޮތީ ހޮސްޕިޓަލްގައި ކަމަށާއި އެމްބަސީ މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް ނިމުނުހާ އަވަހަކަށް ސްރީލަންކާގައި ފަސްދާނުލާނެ ކަމަށެވެ. އަދި އާއިލާގެ ހުރިހާ ބޭފުޅުން ވެސް މިވަގުތު ތިބީ ލަންކާގައި ކަމަށް ވެސް އުބައިދުއްﷲ ބުންޏެވެ.

"އަޅުގަނޑުމެން މި ވަގުތު މިތިބީ އެމްބަސީގައި. މިތަނުގައި އެބަތިބި ހުރިހާ ދަރިން ވެސް. މިތަނުން ކުރަން ޖެހޭ ކަންތައް ނިމުނީމާ ބައްޕަ ވަޅުލާނީ މިކޮޅުގައި. މިވަގުތު އަޅުގަނޑުމެން މުޅި އާއިލާ މިވަނީ އެކަމުގެ ހިތާމާގައި. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަބޭފުޅުން ގުޅުއްވާ ލެއްވީތީ،" އުބައިދުﷲ ބުންޏެވެ.

ޔޫސުފް އަލިފުޅަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ރައީސް މައުމޫނު އެކުލަވާ ލެއްވި ގާނޫނު ހަދާ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް މެދުނުކެނޑި 17 އަހަރު ކުރައްވާފައިވެ އެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ގޮތުން އަލިފުޅު ވަނީ ވަރަށް ގިނަ ފޮތްތައް ވެސް ލިއުއްވައި ނެެރުއްވައިފަ އެވެ.

އުމުރުން 85 އަހަރުގައި އަލިފުޅު ދުނިޔެ ދޫކުރެއްވި އިރު އަނބި ކަނބަލަކާއި އަށް ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

http://i1.haveeru.com.mv/p/2012/12/0_1355564228121215133325_89001_mid.jpg

މަޝްހޫރު ޅެންވެރިޔާ ބ. ދަރަވަންދޫ ޔޫސުފް އަލިފުޅު އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު 79 އަހަރުގައި ރޭ ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

އާއިލާއާ އެކު ސްރީ ލަންކާގައި އުޅުއްވަމުން ގެންދެވި ޔޫސުފް އަލިފުޅު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ލަންކާ ހޮސްޕިޓަލްގައި ކަމަށް އޭނާގެ ބޭފުޅެއް ކަމަށްވާ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ނޭވާލުމުގެ ނިޒާމުގެ މައްސަލައެއްގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ފިރިހެން އަށް ބޭފުޅުން ތިއްބެވި ޔޫސުފު އަލިފުޅަކީ ކުޅަދާނަ ޝާއިރެކެވެ. އުސްތާޒެކެވެ. ފަނޑިޔާރެކެވެ. އަދި ދިވެހި ބޭސްވެރިޔެކެވެ.
ޅެންވެރިކަމުގައި “މައިނާ”ގެ ނަމުން މަޝްހޫރު ޔޫސުފު އަލިފުޅު ވަނީ ގިނަ ދާއިރާކުން ޅެމާއި ރައިވަރު ހައްދަވާފަ އެވެ. އޭނާގެ ޅެން ހެއްދެވުމުގެ އަވަސްކަމާއި ބަހުގެ މުއްސަނދިކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.
ޔޫސުފް އަލިފުޅު ވިދާޅުވެފައިވާ ގޮތުގައި ޅެމެއް ހައްދަވަން އިށީންނެވުމަށް ފަހު، ތެދުވެވަޑައިގަންނަވަނީ އެ ޅެން ނިންމެވުމަށް ފަހު އެވެ.
"އަޅުގަނޑު ޅެމެއް ހަދަން އިށީނދެފައި ދުވަހަކު ވެސް ފަހުން ބައިތެއް ލިޔާކަށް ނުބާއްވަން. ފަހަރަކު ތަންކޮޅެއް ލިޔުމަކީ އަޅުގަނޑަށް ކުރަން ޖެހޭ ކަމެއް ނޫން،" ޔޫސުފް އަލިފުޅު ވިދާޅުވެފައިވެ އެވެ.
އޭނާ އަކީ މިޒަމާނުގެ މަޝްހޫރު އެތައް ޅެންވެރިންނެއްގެ އުސްތާޒެކެވެ. އެގޮތުން ޒުވާން ޅެންވެރިޔާ ތޮއްޑޫ އާދަމް ނަސީރަކީ ވެސް ޔޫސުފް އަލިފުޅުގެ ދަރިވަރެކެވެ.
ޅެންވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު 1985 ގައި ލިބިވަޑައިގެންވައިވާ ޔޫސުފް އަލިފުޅުގެ ގިނަ ފޮތްތަކެއް ވެސް ވަނީ ޝާއިއުުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ޅެމާއި ރައިވަރު ފޮތާއި ޅެން ހަދަން ދަސްކޮށްދިނުމުގެ ފޮތް ހިމެނެ އެވެ. އަދި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނެރޭ ރައިވަރުގެ ސަރަހަ ހިމެނޭ ސިލްސިލާ ފޮތް ކަމަށްވާ “ސަތޭކަ ރައިވަރު” ފޮތުގައި ވެސް އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.
ޔޫސުފް އަލިފުޅު އަވަހާރަވުމަކީ ދިވެހި “ޅެން ބަގީޗާ” އަށް ލިބުނު ހަރީފު ކަމެއް ކަމަށް އާދަމް ނަސީރު ސިފަކުރެއްވި އެވެ.
"ދިވެހި އަދަބީ ދުނިޔޭގައި ރައިވަރުގެ މަދަރުސާ ބަންދުވުން އެއީ،" އޭނާ ވިދާޅުވި އެވެ.
ޔޫސުފް އަލިފުޅު ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ 16 އަހަރުގަ އެވެ. އޭނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ކަތީބުކަމާއި މުދައްރިސްކަމާއި ގާޒީކަން ހިމެނެ އެވެ.
މިހާރު އަމަލްކުރަމުން އަންނަ ގާނޫނު އަސާސީގެ ކުރިން ރާއްޖޭގައި ހެދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަން ޔޫސުފް އަލިފުޅު ކުރެއްވި އެވެ.
އެންމެ ފަހުން ސަރުކާރުގައި އޭނާ އަދާކުރެއްވީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ކޯޑިނޭޓަރުކަމެވެ. އެ މަގާމުގައި ހުންނަވަނިކޮށް އޭނާ މުސްކުޅިކުރެއްވީ 2008 ގަ އެވެ.

No comments:

Post a Comment