Showing posts with label poetry. Show all posts
Showing posts with label poetry. Show all posts

Saturday, 25 January 2014

A Huvadhoo poem tells the story of Maakunbe

ކާހިތުން، ބޯހިތުން، މަދިޔެ ބަލާހިތުން

އެކެދޮފާ އެކެދޮފާ ރަޓަކު ހުއްޓިޔާޔޯ މީހެކެ.މީހެންނާއި ވެފައި ވަރިކެރަމުން އެޔަނެ މީހެކެ.ދާރު ލެބުނެމައި ވެނެމީހެ ވަރިކެރަނެ މީހެކެ.ދެން އެހެން ރަޓެކަން ގޮހޮ މީހަކުނާއި ވެނެ މީހެކެ.
އެލިކާން މިދެ މީހެންނާއި ވީ ތެއްޔަހި ރަޓަކުން.ވީ ކޮންމި މީހެކެ ކޫދު ވެހޫ ރާތެލެގަލެބައްރެން.މިޔާގެ ދާރު ނެން ރަޓެކެ އަތޮޅޭ ނެން.މިޔާ މުސްކުޅިވީ ވޭލޭ ބޮޑެނުވެ ދައްރެކެ ނެން.
ގަހުގަތެ ބުރަން ދާރު ބޮޑޭގެ.އެވޭލޭ މިޔާ ހޮއްޑޮއްޑޯ ވެގެ.މިޔާ ބުރިކަންޓާ ގުދޭގެ.އަތެފައު ބާރެ ކުދޭގެ.
އެޔާން ކެޔަންނޫ މާކުންބެއްޔާ!އެޔާއްކޫ ރަޓުހުއްޓީ މުސްކުޅި ބެއްޔާ!
ވަރެކެ ނެންމައި މަސައްކަދެ ކެރަންނޭ.މީހަކުނާސް ނެންމައި އަޅައިލަންނޭ.އެޔާ ހިތަންއެރީ ދާރު ގާތަން އެޔަންނަން.ދާރު ގާތު ހުޓެ ކައިބޮއި ވޮންނާން.
ދެން ބޮއްކޮރާކަން އަރައި އޮވައި ފަޅުން ބޭރޭގެ.އާ ކޮޅިގަޑަކު އެޔާ ބެހީގެން އެބައްގެ.އޮޔާއި ވަޔާއި ތަޅަމުން ގޮހޮ އެޔާ ރަޓަކު ޖެހީގެ.އެރީގެން ގޮހޮ އެޔާގެ ދައްރަކުނައްގޭ ފޮޑަހާން ވެދެގެ.ބަޑެހާހުގެން ވޮންނާ މީހަކުން ލިކާން ދާނިޔާ ގުޑުވޫ.އެޔާގެ ދިޔެ އެހީ: “ތީބޫ ކޭރާންއާ ކެޔަ؟”
އެދެ ބޮނީ: “ކާހިތުން ބޯހިތުން މަދިޔެ ބަލާހިތުން.”ދިޔެ ބޮނީ: “މިގޭ ތެއިހައި އެއްތެކެ ބައްޕާން ދީފިން.”
ދެން އެދެ ގޭތެއި ހަންދަރަކު އެއްތެތި ކައިފި.ވަޑު ތުބާ ޖަހައި ދެގުއްލަ ބޮއިފި.ދެންތެއި އެއްތެކެ އައްބޮންޑާން ލައިފި.ދިޔެ އެޔާން ހިތެހަލާލެ ދީފި.
ދެން އެދެ އެބައްގެ ދިހަރެޔަން.އެހެން ރަޓެކަން ހުރަންނަން.އެހެން ދިޔެކެ ގާތަށް އެޔަންނަން.އެދިޔައްގޭ ތެއިހައި އެއްތެއް ކަންނަން.
ވަލާ މުހައި ބޮއްކޮރެޔާން އަރައި ވޮއްޓިޔަތެ.އޮޔާއި ވަޔާއި ރަޅެ އެޔާ ހިފައިގެން ބައެޔަތެ.އެލިކާން ގޮހޮ އެބޮއްކޮރެޔާ ތިރިފަޓަކު ބީހީގެ.އެރީގެން ގޮހޮ އެޔާގެ ދައްރަކުނައްގޭ ފޮޑަހާން ވެދެގެ.ބަޑެހާހުގެން ވޮންނާ މީހަކުން ލިކާން ދާނިޔާ ގުޑުވޫ.އެޔާގެ ދިޔެ އެހީ: “ތީބޫ ކޭރާންއާ ކެޔަ؟”
އެދެ ބޮނީ: “ކާހިތުން ބޯހިތުން މަދިޔެ ބަލާހިތުން.”ދިޔެ ބޮނީ: “މިގޭ ތެއިހައި އެއްތެކެ ބައްޕާން ދީފިން.”
ދެން އެދެ ގޭތެއި ހަންދަރަކު އެއްތެތި ކައިފި.ވަޑު ތުބާ ޖަހައި ދެގުއްލަ ބޮއިފި.ދެންތެއި އެއްތެކެ އައްބޮންޑާން ލައިފި.ދިޔެ އެޔާން ހިތެހަލާލެ ދީފި.
ދެން އެދެ އެބައްގެ ދިހަރެޔަން.އެހެން ރަޓެކަން ހުރަންނަން.އެހެން ދިޔެކެ ގާތަށް އެޔަންނަން.އެދިޔައްގޭ ތެއިހައި އެއްތެއް ކަންނަން.
މިލިކާން އެދެ ގެޔައި ހަތެ ރަޓަން.ހަތެ ކޫދު ގާތުން ކަންނަން.ހަތެ ވަޑު ފެނެ ބޮންނަން.ހައްތަވައުން ލޮންޏާން.
ހަތެ ރަޓެ ހުއްދަކޮޅަވޭލޭ އެޔާ ބަޑާ ބޮޑޭގެ.ލޮޅޭއިނެ މާކުނައްޓައި އެޔާއްކަންތެތި ބޮޑޭގެ.
ދެން އެޔާ އެރޫ ބޮއްކޮރެޔާން.ރަޓަން ގޮހޮފައި އެނެއްކެލާއި އެންނަން.
ކަޑަން ނިކިތެވޭލޭ މޫސުމެ ނުބައިވެގެ.ޖެހުނެ ކޮޅިގަޑޭ އެޔާއި ބޮއްކޮރެޔާއި ބެހީގެ.ހަތެރެއި ހަތެދެވާލެ ވީ ވޭލޭ އެޔާ ގާކު ވަރެކެ ނެން.ކަންނޭ ބޮންނޭ އެއްތެކެ ބޮއްކޮރާކު ނެން.
ދެން އާއު މާވަރެގަދެ ކޮޅިގަޑެކެ.އެޔާން ނުއެގުނެ ރައްކަލެވެންނޭ ލިހެކެ.އެއްކަލެކާއި ބޮއްކޮރެޔާ ބަންޑުހުން ޖެހީގެ.މަނިކާރޯއްދާ، އެޔާ ބަޑާ ފަޑައިގެން އެބައްގެ!އެޔާ ބަޑުން ވެރުނެއްތެން ކަޑާ ހިކީ ދެރަޓެ ހެދީގެ.އޭބޫ ހުރަންދުވާއި މާރަންދުވާ!!!
<><><>
ތަރުޖަމާއެއް
އެއްރަށެއްގައި މީހަކު އުޅުނޯލަ އެވެ.އެއީ މީހުނާ އިނދެ ވަރިކުރަމުން ދިޔަ މީހެކެވެ.ދަރިން ލިބުނީމާ މީނާ އަންހެނުން ވަރިކުރެ އެވެ.ދެން އެހެން ރަށަކަށް ގޮސް މީހަކާ އިނދެ އެވެ.
އެގޮތަށް މީނާ ހުރިހައި ރަށަކުން މީހުނާ އިނެވެ.މީނާ އިން ކޮންމެ މީހަކު ރާތާގާބަރިހެން ދަރިން ވިހެ އެވެ.މީނާގެ ދަރިން ނެތް ރަށެއް އަތޮޅުގައި ނެތެވެ.މީނާ މުސްކުޅިވިއިރު ބޮޑު ނުވާ ކުއްޖަކު ނެތެވެ.
އެކުދިން ބޮޑެތިވީ ގަހުގަތްބުރަށެވެ.އޭރު މީނާވަނީ ހަންޓޯޓޯވެފަ އެވެ.މީނާގެ ބުރިކަށިވަނީ ގުދުވެފަ އެވެ.އަތްފައިގެ ބާރުވަނީ ދަށްވެފަ އެވެ.
އޭނާއަށް ކިޔަނީ މާކުންބެ އެވެ.އޭނާއަކީ ރަށުގައި ހުރި އެންމެ މުސްކުޅި ބެ އެވެ.
މަސައްކަތެއް ކުރާނެ ވަރެއް އޭނާގެ ގަޔަކު ނެތެވެ.އަދި އޭނާއާ އަޅާލާނެ މީހަކު ވެސް ނެތެވެ.ދެން ދާންވީ ދަރިންގެ ގާތަށޭ އޭނާގެ ހިތަށް އެރި އެވެ.ދަރިންގެ ގާތުގައި ހުރެ، ކައިބޮއި އުޅުމަށެވެ.
ދެން ބޮއްކުރާގަނޑަކަށް އަރައި އޮއްވާ އޭތި ފަޅުތެރޭން ބޭރުވެއްޖެ އެވެ.އައި ކޮޅިގަނޑެއްގައި ޖެހި އެ ބޮއްކުރާގަނޑު ބެހިގެން ހިނގައްޖެ އެވެ.އޮޔާއި ވަޔާ ތަޅަމުން ގޮސް އެ ބޮއްކުރާގަނޑު ރަށެއްގައި ޖެހުނެވެ.ދެން މާކުންބެ ބޮއްކުރާގަނޑުން ފައިބައިގެން ގޮސް އޭނާގެ ދަރިއެއްގެ ގޭ ގިފިއްޔަށް ވަނެވެ.ބަނޑުހައިހޫނުކަމުގައި ޖެހިފައިވާ މީހަކު ފަދައިން، ވަޅުގައި އޮތް ދާނި ތަޅުވާލި އެވެ.އޭނާގެ ދަރިފުޅު އެހި އެވެ. “ތިޔައީ ކީއްކުރަން އައި ކާކުހެއްޔެވެ؟”
އޭނާ ބުންޏެވެ. “މިއައީ ކާހިތުން، ބޯހިތުން، އަދި މަގޭ ދޮންކަނބުލޮ ދެކިލާހިތުންނެވެ.”ދަރިފުޅު ބުންޏެވެ. “މިގޭގައި ވާހައި އެއްޗެއް ބައްޕައަށް ދީފީމެވެ.”
ދެން އޭނާ އެ ގޭގައިވާ ކާނާއިން ހަންދަރެއް ކާލި އެވެ.އަދި ވަޅުގައި ތުން ޖަހައި ދެގުއްލަ ފެން ބޯލި އެވެ.ދެން ހުރި އެއްޗެއް އަންބޮނޑިއަށް އެޅި އެވެ.
(
މިމަގަށް އޭނާ ކަންތައް ކުރީމާ ވެސް) ދަރިފުޅު އޭނާއަށް ހިތްހަލާލު ދިނެވެ.
ދެން އޭނާ އަތިރިމައްޗަށް ދިޔަ އެވެ.އެހެން ރަށަކަށް ދާން ފުރަންވެގެންނެވެ.އެހެން އަންހެން ދަރިއެއްގެ ގާތަށް ދިއުމަށްޓަކަ އެވެ.އެ ދަރިފުޅުގެ ގޭގައިވާ ހުރިހައި އެއްޗެއް ކެއުމަށްޓަކަ އެވެ.
ވާ މޮހައި ބޮއްކުރާގަނޑަށް އަރައި އޮށޯތެވެ.ދެން އޮޔާއި ވަޔާއި ރާޅުތައް އެ ބޮއްކުރާގަނޑު ހިފައިގެން ދިޔަ އެވެ.އެދިޔަ ގޮތަށް ގޮސް އެ ބޮއްކުރާގަނޑު ރަށެއްގެ ގޮނޑުދޮށުގައި ބީހުނެވެ.ދެން މާކުންބެ ފައިބައިގެން ގޮސް އޭނާގެ ދަރިއެއްގެ ގޭ ގިފިއްޔަށް ވަނެވެ.އަދި ބަނޑުހައިހޫނުކަމުގައި ޖެހިފައިވާ މީހަކު ފަދައިން، ވަޅުގައި އޮތް ދާނި ތަޅުވާލި އެވެ.އޭނާގެ ދަރިފުޅު އެހި އެވެ. “ތިޔައީ ކީއްކުރަން އައި ކާކުހެއްޔެވެ؟”
އޭނާ ބުންޏެވެ. “މިއައީ ކާހިތުން، ބޯހިތުން، އަދި މަގޭ ދޮންކަނބުލޮ ދެކިލާހިތުންނެވެ.”ދަރިފުޅު ބުންޏެވެ. “މިގޭގައި ވާހައި އެއްޗެއް ބައްޕައަށް ދީފީމެވެ.”
ދެން އޭނާ އެ ގޭގައިވާ ކާނާއިން ހަންދަރެއް ކާލި އެވެ.އަދި ވަޅުގައި ތުން ޖަހައި ދެގުއްލަ ފެން ބޯލި އެވެ.ދެން ހުރި އެއްޗެއް އަންބޮނޑިއަށް އެޅި އެވެ.
(
މިމަގަށް އޭނާ ކަންތައް ކުރީމާ ވެސް) ދަރިފުޅު އޭނާއަށް ހިތްހަލާލު ދިނެވެ.
ދެން އޭނާ އަތިރިމައްޗަށް ދިޔަ އެވެ.އެހެން ރަށަކަށް ދާން ފުރަންވެގެންނެވެ.އެހެން އަންހެން ދަރިއެއްގެ ގާތަށް ދިއުމަށްޓަކަ އެވެ.އެ ދަރިފުޅުގެ ގޭގައިވާ ހުރިހައި އެއްޗެއް ކެއުމަށްޓަކަ އެވެ.
މި ބީދައިން މާކުންބެ ހަތް ރަށަށް ދިޔަ އެވެ.ހަތް ދަރިންގެ ގާތުން ކެއުމަށްޓަކަ އެވެ.ހަތް ތަވައިން ކެއުމަށްޓަކަ އެވެ.ހަތްވަޅުން ފެން ބުއިމަށްޓަކަ އެވެ.
ހަތް ރަށަށް ގޮސް އަވަދިވިއިރު އޭނާގެ ބަނޑު ވަނީ ބޮޑުވެފަ އެވެ.މާބަނޑު އަންހެނަކަށްވުރެ އޭނާގެ ކަންތައްވަނީ ބޮޑުވެފަ އެވެ.
ދެން އޭނާ ގޮސް ބޮއްކުރާގަނޑަށް އެރި އެވެ.ރަށަށް ގޮސްފައި އަނެއްކާވެސް އެނބުރި އައުމުގެ ނިޔަތުގަ އެވެ.
ކަނޑަށް ނުކުތްއިރު މޫސުމްވަނީ ގޯސްވެފަ އެވެ.ކޮޅިގަނޑެއްގައި ޖެހި މާކުންބެ އާއި ބޮއްކުރާގަނޑު ބެހިއްޖެ އެވެ.ކަނޑުމަތީގައި ހަތްރޭ ހަތްދުވާ ވީއިރު އޭނާގެ ގަޔަކު ވަރެއް ނެތެވެ.ކާނެ އެއްޗެއް ބޯނެ އެއްޗެއް ބޮއްކުރާގަނޑަކު ނެތެވެ.
ދެން އައީ މާވަރުގަދަ ކޮޅިގަނޑެކެވެ.އެ ކޮޅިގަނޑުން ސަލާމަތްވާނެ ގޮތެއް މާކުންބެއަކަށް ނޭނގުނެވެ.އެސާހިތަކު ބޮއްކުރާގަނޑު ބަންޑުންވެއްޖެ އެވެ.މާކުންބެގެ ބަނޑު ފަޅައިގެން ހިނގައްޖެ އެވެ.އޭނާގެ ބަނޑުން ފޭބި އެއްޗެހިން ކަނޑު ހިކި ދެރަށް އުފެދުނެވެ.އެއީ ހުރެންދުއާއި މާރެންދޫ އެވެ.

Obituary of a famous poet: Yoosuf Ali Fulhu

ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ

ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ހާސިލުކުރައްވައިގެން ހުންނެވި މަޝްހޫރު ޅެންވެރިޔާ ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ އެވެ.ބ. ދަރަވަންދޫ ދޭލިޔާގެ ޔޫސުފް އަލިފުޅު ދުނިޔެ ދޫކުރެއްވީ ހިތާއި ފުއްޕާ މޭގެ އާލާސްކަންފުޅަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭފަތިހުގެ 3:30ގައި ސްރީލަންކާގެ &#8220;ލަންކާ ހޮސްޕިޓަލް&#8221;ގެ އައިސީޔޫގަ އެވެ.ޔޫސުފް އަލިފުޅުގެ ދަރިފުޅު އުބައިދުއްﷲ މުއާޒު ލަންކާގައި ހުންނަވައިގެން ސަން އަށް މިއަދު ބުނީ ބައްޕަގެ ހަށިގަނޑު މިވަގުތު އޮތީ ހޮސްޕިޓަލްގައި ކަމަށާއި އެމްބަސީ މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް ނިމުނުހާ އަވަހަކަށް ސްރީލަންކާގައި ފަސްދާނުލާނެ ކަމަށެވެ. އަދި އާއިލާގެ ހުރިހާ ބޭފުޅުން ވެސް މިވަގުތު ތިބީ ލަންކާގައި ކަމަށް ވެސް އުބައިދުއްﷲ ބުންޏެވެ."އަޅުގަނޑުމެން މި ވަގުތު މިތިބީ އެމްބަސީގައި. މިތަނުގައި އެބަތިބި ހުރިހާ ދަރިން ވެސް. މިތަނުން ކުރަން ޖެހޭ ކަންތައް ނިމުނީމާ ބައްޕަ ވަޅުލާނީ މިކޮޅުގައި. މިވަގުތު އަޅުގަނޑުމެން މުޅި އާއިލާ މިވަނީ އެކަމުގެ ހިތާމާގައި. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަބޭފުޅުން ގުޅުއްވާ ލެއްވީތީ،" އުބައިދުﷲ ބުންޏެވެ.ޔޫސުފް އަލިފުޅަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ރައީސް މައުމޫނު އެކުލަވާ ލެއްވި ގާނޫނު ހަދާ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް މެދުނުކެނޑި 17 އަހަރު ކުރައްވާފައިވެ އެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ގޮތުން އަލިފުޅު ވަނީ ވަރަށް ގިނަ ފޮތްތައް ވެސް ލިއުއްވައި ނެެރުއްވައިފަ އެވެ. އުމުރުން 85 އަހަރުގައި އަލިފުޅު ދުނިޔެ ދޫކުރެއްވި އިރު އަނބި ކަނބަލަކާއި އަށް ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

މަޝްހޫރު ޅެންވެރިޔާ ބ. ދަރަވަންދޫ ޔޫސުފް އަލިފުޅު އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު 79 އަހަރުގައި ރޭ ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.
އާއިލާއާ އެކު ސްރީ ލަންކާގައި އުޅުއްވަމުން ގެންދެވި ޔޫސުފް އަލިފުޅު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ލަންކާ ހޮސްޕިޓަލްގައި ކަމަށް އޭނާގެ ބޭފުޅެއް ކަމަށްވާ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ނޭވާލުމުގެ ނިޒާމުގެ މައްސަލައެއްގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ޔޫސުފް އަލިފުޅު

ފިރިހެން އަށް ބޭފުޅުން ތިއްބެވި ޔޫސުފު އަލިފުޅަކީ ކުޅަދާނަ ޝާއިރެކެވެ. އުސްތާޒެކެވެ. ފަނޑިޔާރެކެވެ. އަދި ދިވެހި ބޭސްވެރިޔެކެވެ.
ޅެންވެރިކަމުގައި &#8220;މައިނާ&#8221;ގެ ނަމުން މަޝްހޫރު ޔޫސުފު އަލިފުޅު ވަނީ ގިނަ ދާއިރާކުން ޅެމާއި ރައިވަރު ހައްދަވާފަ އެވެ. އޭނާގެ ޅެން ހެއްދެވުމުގެ އަވަސްކަމާއި ބަހުގެ މުއްސަނދިކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.
ޔޫސުފް އަލިފުޅު ވިދާޅުވެފައިވާ ގޮތުގައި ޅެމެއް ހައްދަވަން އިށީންނެވުމަށް ފަހު، ތެދުވެވަޑައިގަންނަވަނީ އެ ޅެން ނިންމެވުމަށް ފަހު އެވެ.
"އަޅުގަނޑު ޅެމެއް ހަދަން އިށީނދެފައި ދުވަހަކު ވެސް ފަހުން ބައިތެއް ލިޔާކަށް ނުބާއްވަން. ފަހަރަކު ތަންކޮޅެއް ލިޔުމަކީ އަޅުގަނޑަށް ކުރަން ޖެހޭ ކަމެއް ނޫން،" ޔޫސުފް އަލިފުޅު ވިދާޅުވެފައިވެ އެވެ.
އޭނާ އަކީ މިޒަމާނުގެ މަޝްހޫރު އެތައް ޅެންވެރިންނެއްގެ އުސްތާޒެކެވެ. އެގޮތުން ޒުވާން ޅެންވެރިޔާ ތޮއްޑޫ އާދަމް ނަސީރަކީ ވެސް ޔޫސުފް އަލިފުޅުގެ ދަރިވަރެކެވެ.
ޅެންވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު 1985 ގައި ލިބިވަޑައިގެންވައިވާ ޔޫސުފް އަލިފުޅުގެ ގިނަ ފޮތްތަކެއް ވެސް ވަނީ ޝާއިއުުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ޅެމާއި ރައިވަރު ފޮތާއި ޅެން ހަދަން ދަސްކޮށްދިނުމުގެ ފޮތް ހިމެނެ އެވެ. އަދި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނެރޭ ރައިވަރުގެ ސަރަހަ ހިމެނޭ ސިލްސިލާ ފޮތް ކަމަށްވާ &#8220;ސަތޭކަ ރައިވަރު&#8221; ފޮތުގައި ވެސް އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.
ޔޫސުފް އަލިފުޅު އަވަހާރަވުމަކީ ދިވެހި &#8220;ޅެން ބަގީޗާ&#8221; އަށް ލިބުނު ހަރީފު ކަމެއް ކަމަށް އާދަމް ނަސީރު ސިފަކުރެއްވި އެވެ.
"ދިވެހި އަދަބީ ދުނިޔޭގައި ރައިވަރުގެ މަދަރުސާ ބަންދުވުން އެއީ،" އޭނާ ވިދާޅުވި އެވެ.
ޔޫސުފް އަލިފުޅު ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ 16 އަހަރުގަ އެވެ. އޭނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ކަތީބުކަމާއި މުދައްރިސްކަމާއި ގާޒީކަން ހިމެނެ އެވެ.
މިހާރު އަމަލްކުރަމުން އަންނަ ގާނޫނު އަސާސީގެ ކުރިން ރާއްޖޭގައި ހެދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަން ޔޫސުފް އަލިފުޅު ކުރެއްވި އެވެ.
އެންމެ ފަހުން ސަރުކާރުގައި އޭނާ އަދާކުރެއްވީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ކޯޑިނޭޓަރުކަމެވެ. އެ މަގާމުގައި ހުންނަވަނިކޮށް އޭނާ މުސްކުޅިކުރެއްވީ 2008 ގަ އެވެ.
ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ

ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ހާސިލުކުރައްވައިގެން ހުންނެވި މަޝްހޫރު ޅެންވެރިޔާ ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ އެވެ.

ބ. ދަރަވަންދޫ ދޭލިޔާގެ ޔޫސުފް އަލިފުޅު ދުނިޔެ ދޫކުރެއްވީ ހިތާއި ފުއްޕާ މޭގެ އާލާސްކަންފުޅަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭފަތިހުގެ 3:30ގައި ސްރީލަންކާގެ “ލަންކާ ހޮސްޕިޓަލް”ގެ އައިސީޔޫގަ އެވެ.

ޔޫސުފް އަލިފުޅުގެ ދަރިފުޅު އުބައިދުއްﷲ މުއާޒު ލަންކާގައި ހުންނަވައިގެން ސަން އަށް މިއަދު ބުނީ ބައްޕަގެ ހަށިގަނޑު މިވަގުތު އޮތީ ހޮސްޕިޓަލްގައި ކަމަށާއި އެމްބަސީ މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް ނިމުނުހާ އަވަހަކަށް ސްރީލަންކާގައި ފަސްދާނުލާނެ ކަމަށެވެ. އަދި އާއިލާގެ ހުރިހާ ބޭފުޅުން ވެސް މިވަގުތު ތިބީ ލަންކާގައި ކަމަށް ވެސް އުބައިދުއްﷲ ބުންޏެވެ.

"އަޅުގަނޑުމެން މި ވަގުތު މިތިބީ އެމްބަސީގައި. މިތަނުގައި އެބަތިބި ހުރިހާ ދަރިން ވެސް. މިތަނުން ކުރަން ޖެހޭ ކަންތައް ނިމުނީމާ ބައްޕަ ވަޅުލާނީ މިކޮޅުގައި. މިވަގުތު އަޅުގަނޑުމެން މުޅި އާއިލާ މިވަނީ އެކަމުގެ ހިތާމާގައި. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަބޭފުޅުން ގުޅުއްވާ ލެއްވީތީ،" އުބައިދުﷲ ބުންޏެވެ.

ޔޫސުފް އަލިފުޅަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ރައީސް މައުމޫނު އެކުލަވާ ލެއްވި ގާނޫނު ހަދާ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް މެދުނުކެނޑި 17 އަހަރު ކުރައްވާފައިވެ އެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ގޮތުން އަލިފުޅު ވަނީ ވަރަށް ގިނަ ފޮތްތައް ވެސް ލިއުއްވައި ނެެރުއްވައިފަ އެވެ.

އުމުރުން 85 އަހަރުގައި އަލިފުޅު ދުނިޔެ ދޫކުރެއްވި އިރު އަނބި ކަނބަލަކާއި އަށް ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

http://i1.haveeru.com.mv/p/2012/12/0_1355564228121215133325_89001_mid.jpg

މަޝްހޫރު ޅެންވެރިޔާ ބ. ދަރަވަންދޫ ޔޫސުފް އަލިފުޅު އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު 79 އަހަރުގައި ރޭ ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

އާއިލާއާ އެކު ސްރީ ލަންކާގައި އުޅުއްވަމުން ގެންދެވި ޔޫސުފް އަލިފުޅު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ލަންކާ ހޮސްޕިޓަލްގައި ކަމަށް އޭނާގެ ބޭފުޅެއް ކަމަށްވާ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ނޭވާލުމުގެ ނިޒާމުގެ މައްސަލައެއްގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ފިރިހެން އަށް ބޭފުޅުން ތިއްބެވި ޔޫސުފު އަލިފުޅަކީ ކުޅަދާނަ ޝާއިރެކެވެ. އުސްތާޒެކެވެ. ފަނޑިޔާރެކެވެ. އަދި ދިވެހި ބޭސްވެރިޔެކެވެ.
ޅެންވެރިކަމުގައި “މައިނާ”ގެ ނަމުން މަޝްހޫރު ޔޫސުފު އަލިފުޅު ވަނީ ގިނަ ދާއިރާކުން ޅެމާއި ރައިވަރު ހައްދަވާފަ އެވެ. އޭނާގެ ޅެން ހެއްދެވުމުގެ އަވަސްކަމާއި ބަހުގެ މުއްސަނދިކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.
ޔޫސުފް އަލިފުޅު ވިދާޅުވެފައިވާ ގޮތުގައި ޅެމެއް ހައްދަވަން އިށީންނެވުމަށް ފަހު، ތެދުވެވަޑައިގަންނަވަނީ އެ ޅެން ނިންމެވުމަށް ފަހު އެވެ.
"އަޅުގަނޑު ޅެމެއް ހަދަން އިށީނދެފައި ދުވަހަކު ވެސް ފަހުން ބައިތެއް ލިޔާކަށް ނުބާއްވަން. ފަހަރަކު ތަންކޮޅެއް ލިޔުމަކީ އަޅުގަނޑަށް ކުރަން ޖެހޭ ކަމެއް ނޫން،" ޔޫސުފް އަލިފުޅު ވިދާޅުވެފައިވެ އެވެ.
އޭނާ އަކީ މިޒަމާނުގެ މަޝްހޫރު އެތައް ޅެންވެރިންނެއްގެ އުސްތާޒެކެވެ. އެގޮތުން ޒުވާން ޅެންވެރިޔާ ތޮއްޑޫ އާދަމް ނަސީރަކީ ވެސް ޔޫސުފް އަލިފުޅުގެ ދަރިވަރެކެވެ.
ޅެންވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު 1985 ގައި ލިބިވަޑައިގެންވައިވާ ޔޫސުފް އަލިފުޅުގެ ގިނަ ފޮތްތަކެއް ވެސް ވަނީ ޝާއިއުުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ޅެމާއި ރައިވަރު ފޮތާއި ޅެން ހަދަން ދަސްކޮށްދިނުމުގެ ފޮތް ހިމެނެ އެވެ. އަދި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނެރޭ ރައިވަރުގެ ސަރަހަ ހިމެނޭ ސިލްސިލާ ފޮތް ކަމަށްވާ “ސަތޭކަ ރައިވަރު” ފޮތުގައި ވެސް އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.
ޔޫސުފް އަލިފުޅު އަވަހާރަވުމަކީ ދިވެހި “ޅެން ބަގީޗާ” އަށް ލިބުނު ހަރީފު ކަމެއް ކަމަށް އާދަމް ނަސީރު ސިފަކުރެއްވި އެވެ.