އަޅުގަނޑާ ބައްދަލުވި ޖިންނި ކުއްޖާ
އަޅުގަނޑުގެ
ވަރަށް ކުޑައިރުގެ ހަނދާނެކެވެ.
މި ކަމެއް ހިނގިއިރު
ގޯތި ވަރަށް ބޮޑެވެ.
ގޭގައި ދިރިއުޅެނި
ބައްޕައާއި އަޅުގަނޑާ އެއްބަނޑު އެއްބަފާ
ބޭބެއާއި ކޮއްކޮއާއި ދޮންމަންމައެވެ.
ގެ އަޅައިފައި
ހުންނަނީ ފަނުންނާއި ދަނޑިންނެވެ.
މުޅި ގެ
ފަރުމާކޮށްފައިވަނީ ފެންޑާއަކާއި މެދު
ގެއަކާއި އެތެރެގެއަކާއި ކުޑަކޮޓަރިއެކެވެ.
ދެން ކާގެއެވެ.
ގޯތިގެ މެދުގައި
ބިނާކޮށްފައި ހުންނަ މިގެ ހުންނަނީ
ދެފުރާޅަށް ހިޔާކޮށްފައިވާ ހިޔަލުގައެވެ.
ބަދިގެ ހުންނަނީ
ގޯތީގެ ދެކުނު އިރު ކަނުގައެވެ.
މީގެ އިތުރަށް
ގޯތިގެ އުތުރު އިރު ކަނުގައި މަގަށް
ދޮރުވާގޮތަށް ދުއްކާނެއް ހުރެއެވެ.
އެތަނުގައި
ހުންނަނީ ބައްޕަ ވިއްކަން ގެންގުޅޭ
ދަރާއި ކާއްޓާއި ވަޅޯމަހާއި ރިހާކުރާއި
ދިޔާހަކުރުފަދަ އެއްޗެއްސެވެ.
ކިތަންމެ
އިހަސް ޙާޖަތްކުރަން އޭރަށް ރަނގަޅު
ނިޒާމެއް ގޭގައި ވެއެވެ.
ހުންނަނީ
ގިފިއްޔެވެ.
ވަރަށް ބޮޑު
ގިފިއްޔެކެވެ.
އަންދާޒާކުރެވޭ
ގޮތުގައި ގޯތީގެ ހަތަރުބައިކުޅަ
އެއްބައިވަރުވާނެއެވެ.
އެ ގިފިލިގައި
ބަނބުކެޔޮ ގަހަކާއި ކެއު ފީންޏަކާއި
އަލަ ހައްދައިފައި ވެއެވެ.
އަދި ހީނާފަތާއި
ބޭސް ފަތް ހިނކަނދި ގަހަކާ ހުރެއެވެ.
މި ގަސްތައް
ހުންނަނީ ގިފިލީގެ ހުޅަނގު އުތުރު
ކަނުގައެވެ.
ގިފިލި ހުންނަނީވެސް
ހުޅަނގު ދެކުނު ކަނަށް
ވާގޮތަށެވެ.
ގިފިލީ
ވަޅަކީ ވެސް ވަރަށް ޚާއްސަ ހަނދާނެކެވެ.
އެ ވަޅު ރޭނީ
ބައްޕަ ދޮންތުއްތުއެވެ.
އުވަ ޖެހީ
ބައްޕައެވެ. ކުދި
ބޮޑު އަކިރިން ރާނައި ފަރުމާކުރި އެވަޅާ
ވިދިގެން ބިލިގާއެއް ހުރެއެވެ.
އެއީވެސް ބައްޕަ
ގެ މަސައްކަތެކެވެ.
ބިލިގާއަކީ
އެއްޗެހި ދޮންނަން ފެނުއަޅައި ފެންލައި
ހެދުމަށް ބޭނުންކުރި ތަނެކެވެ.
ވަޅުގެ އުތުރުން
ބިލިގާވެސް އިންވާގޮތަށް ތަޅުން ހަދައި
ކުރިއަށް ތޫރިލައިފައި ހުންނަ ތަޅުމެއް
އޮވެއެވެ. އެއި
ވެސް ބައްޕަގެ އަތުންކުރި މަސައްކަތެކެވެ.
މިތަޅުމުގައި
ސިމެންތި އޮލަ ލައިފައި ހުރެއެވެ.
ވަރަށް ސާފުކޮށް
މި ތަންތަން ބައްޕަ ބަލަހައްޓަވައެވެ.
ހަނޑަސްބުރިއަކީ
ގިފިލީގައި ހާޖަތްކުރުމަށް ކަނޑައަޅައިފައި
އޮންނަ ސަރަހައްދެވެ.
އެއީ ތާހިރުކަމުގެ
ގޮތުން މާ ސައްޙަ ހިސާބެއް ނޫނެވެ.
ނަމަވެސް ބައްޕަގެ
ބެއްލެވުމުގެ ދަށުން ވަރަށް ސާފުކޮށް
އެ ސަރަހައްދު އޮވެއެވެ.
އެހެންކަމުން
ތަން ބޭނުންކުރުމުގައި ކަންބޮޑުވުމެއް
ނޯވެއެވެ.
ހިތާމައަކީ މި
ޒަމާނަށް ބަލާއިރު އޭރުގެ އެ ވޭންހުރި
ނޫނީ ވޭން އުފުލި ޙަޔާތް ނުވިސްނޭ
މީހުންނާއި ޒުވާނުން އުޅޭކަމެވެ.
ހާޖަތްކުރަންވީމަ
އަޅުގަނޑުމެން ވަޅެއް ޖަހަން ޖެހެއެވެ.
އެއީ ބޮޑުކަމުގެ
ހާޖަތަށެވެ.
މިކަމަށް ކުރެދި
ގަނޑެއް އެހެފައި ހުންނާނެއެވެ.
އެ ކުރެދިން ވަޅު
ޖެހުމަށްފަހު ދެން ވަޅުމަތީ އިށީނދެފައި
ހާޖަތްކުރަނީއެވެ.
ތާހިރުވަނީ އެކަން
ނިމި ވަޅު ދޮށަށްގޮހެވެ.
މީގެކުރިން
ހާޖަތްކުރި ވަޅަށް ފަސްލާންޖެހެއެވެ.
މިކަންކުރަނީ
ފައިންނެވެ.
މިހާރުވެސް ބުޅާ
އެކަންކުރާ އުސޫލުންނޭ ދަންނަވައިލުމަކީ
ގޯހެއް ނޫނެވެ.
ކޮންމެއަކަސް
އެ ދުވަސްވަރު ގޯތީގައި ގަސް ގިނައެވެ.
ހަނދާން ވާގޮތުން
6 ރުކާއި
4 ދިއްގާގަހާއި
ބިޔަ ބަނބުކެއު ގަހަކާއި ދަނޑިއަލުއްވާއި
ތޮރައާއި ރަނބާފަތާއި ހިނކަނދިފަތާއި
މާބުޅާ، ކުދިމަގޫ އަދި ދިގުތިޔަރަ ވަރަށް
ގިނައިން ހުރެއެވެ.
ޖޭމާއި ފޭރާއި
މުރަނގަވެސް ހުރެއެވެ.
ތޮރާ އެއީ ބައްޕަ
ވިޔަފާރިއަށް ހައްދާ އެއްޗެކެވެ.
މީގެތެރޭގައި
ހިމެނުނު ކެއު ފީނި އެއީ ވަރަށް ބޮޑަށް
ފާހަގަކޮށްލެވޭ ފީންޏެކެވެ.
އެއީ
ކަރަންޓު އާންމު ޒަމާނެއް ނޫނެވެ.
ކިރިޔާވެސް
ހޮޅިބުރިއެއް ހުންނަނީ މިސްކިތާހަމައިގައެވެ.
ގޭގެއަށް ކަރަންޓު
ލައި ނޫޅެއެވެ.
އެހެންކަމުން
ހަނދުވަރުނޫން މޫސުމެއްގައި ރޭވެއްޖެ
ނަމަ ގޯތި އޮންނަނީ ވަރަށް އަނދިރިކޮށެވެ.
ނަމަވެސް އެއްވެސް
ބިރެއް ނެތި ރޭނގަޑުވެސް ހާޖަތްކުރުމަށް
އަޅުގަނޑާއި ބޭބެއާއި ކޮއްކޮ އަދި
ބައްޕަމެންވެސް ދަނީ ގިފިއްޔަށެވެ.
މި ދަންނަވައިލަނީ
މީގެތެރެއިން އެއް ރެއެއްގައި ދިމާވި
ބިރުވެރި ކަމެއްގެ ވާހަކައެކެވެ.
ޙަޔާތުގައި އެންމެ
ފުރަތަމަ ބިރުން ހަލާކުވި ރެއެއްގެ
ވާހަކައެވެ.
ލަފާކުރެވޭގޮތުގައި
މި ޙާދިސާ ހިނގިއިރު އަޅުގަނޑުގެ
ޢުމުރުންވާނީ ދިހަވަރަކަށް އަހަރެވެ.
ރޭގަނޑު
އަޅުގަނޑުމެން ނިދަނީ ޢިޝާ ނަމާދުކޮށްގެން
ކައިގެންނެވެ.
އޭރު ލަފާކުރެވޭގޮތުގައި
ރޭގަނޑު ނުވައެއް ނުޖަހާނެއެވެ.
އެއް ރެއެއްގެ
ދަންވަރުކަމަށް ޤަބޫލުކުރެވޭވަގުތެއްގައި
ކުޑަކަމުދާން ބޭނުންވުމުން ނުކުމެއްޖައީމެވެ.
ގިފިއްޔަށް ވަނީ
ބައްޕަގެ ކުޅަދާނަކަމުން ދަސްކޮށްދީފައިވާ
އެންމެހާ ކިޔުމެއްކިޔައިފައެވެ.
ކުޑަކޮށް
ހަނދުވަރުދޭ ރެއެއްވީމާ ފުޅި ބައްތި
ނުލައެވެ.
ތަޅުމުގައި
އިނދެ އާންމުކޮށް ބަލާ އުސޫލުން އެކި
ދިމާ ބަލަން ފެށީމެވެ.
މިގޮތުން ގިފިލިގެ
ހުޅަނގަށް ހުންނަ މާފުށީގޭގެ ފުރާޅަށް
ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ.
އެ ފުރާޅުގެ ތިނބި
މަތީގައި ގިފިއްޔާ ދިމާއަށް ދެ ފައި
ތިރިކޮށްލައިގެން އިން ކުޑަ އަންހެންކުއްޖަކު
އެބަ އިނެވެ.
ދެވަނަ ފަހަރަށް
ބަލައިލި އިރުވެސް އެ ކުއްޖަކު އެބައިނެވެ.
ހަނދުވަރުގެ
އަލީގައި އެންމެ ސާފުކޮށް ނުފެނުނަސް
އެއީ ގާތްގަނޑަކަށް ހަތްއަހަރަށް
ދާކުއްޖެއްކަން ވިސްނުނެވެ.
ގަންނާކުރެއްވި
ބިރުން އެކަން ނުދައްކާންވެގެން އަޢޫޛު
ކިޔައިފައި ހީސް ދޮންނަން ފެށީމެވެ.
އަވަހަށް ދާނި
ވަޅުމަތީގައި ބާއްވައިފައި ބާރު
ހިނގުމެއްގައި ގިފިލިނ ނުކުތުމަށް
އަވަސްވެގަތީމެވެ.
ފުޅަލިގައި
ހިފައި ތަންޑު ނައްޓަން އުޅެ އުޅެ
ނުނެއްޓުނެވެ.
ތަންޑަކީ
އެސްއަކުރެއްހެން ހަދައިފައިވާ ދަގަނޑު
ކޮޅެއް އެއްކޮޅު ބައްދައި ވަލެއްގައި
ލައިފައި އޮންނަ ހިފުމެކެވެ.
ބިތުގައި
ހަރުކޮށްފައި ހުންނަ މި ބުޅިގަނޑު
ފުޅަލީގައި އަޅުވަނީއެވެ.
ލައްޕައިލައިފައި
އެޅުވި މި ތަންޑު ނުވަތަ ބުޅި ނުނެއްޓުމުން
ބިރު އިތުރުވާން ފެށިއެވެ.
އެ ކުއްޖަކު
ހަދާގޮތެއްކަމަށް ހީކޮށެވެ.
އެ ވަގުތު
އަނެއްކާވެސް އެއްކަލަ ކުއްޖާއަށް
ބަލައިލީމެވެ.
އަދިވެސް ދެ ލޯ
ފޮހެލައިފައި ބަލައިލި އިރުވެސް އޭނާ
ދެފައި ހަލުވައިލަ ހަލުވައިލަ އިނެވެ.
މި ފަހަރު
ބަލައިލުމާއެކު އެ ކުއްޖަކު އިންތަނުން
ތެދުވަން ފެށިއެވެ.
ބަލާކަށް ނުހުރެ
ފުޅަލި ދަމައިގަނެ ތަންޑު ކަނޑައިލައިފައި
ގޭތެރެއަށް ދުއްވައިގަތީމެވެ. ގެއަށް
ވަންއިރު ގޭ އެންމެން ތިބީ ނިދައިފައެވެ.
ގޭ ތަންޑު
އަޅުވައިފައި ބައްޕައަށް ގޮވައިލުމުން
ނުކުންނެވިއެވެ.
އެވަގުތު
އެތެރެގެއަށް ވަދެ ކަންތައް ވީގޮތް
ބައްޕައަށް ކިޔައިދީފީމެވެ.
ނަމަވެސް ބައްޕަ
ބުނުއްވިހާވެސް އެއްޗަކީ “ފާޑުފާޑުގެ
ވާހަކަ ނުދައްކައި ބިސްމި ކިޔައިގެން
ނިދަންދޭ” އެވެ.
ކުރާނެކަމެއް
ނެތެވެ. އަޅުގަނޑު
އެރޭ ވަރަށް ބޮޑަށް ބިރުގަތެވެ.
ފަތިސްވީއިރުވެސް
ނުނިދެއެވެ.
ފަތިސްވުމާއެކު
ދޮންމަންމަ ފަތިސްނަމާދަށް ތެދުވުމުން
އަޅުގަނޑުވެސް ތެދުވެ ނަމާދުކުރީއެވެ.
މިފަހަރު ވުޟޫކުރީ
ދައްތައާއެކު ގިފިއްޔަށް ގޮހެވެ.
ޖެހިގެން އައި
ދުވަހު އެވާހަކަ އެކަކުގާތުވެސް ބުނާކަށް
ނުކެރުނެވެ.
އިހު
ބުނި ކަންތައް ހިނގިފަހުން އަޅުގަނޑު
ރޭގަނޑު އެކަނި ގިފިއްޔަކަށް ނުދަމެވެ.
ކިރިޔާ ދާންވިޔަސް
ދަނީ ބައްޕައާއެކުގައެވެ.
މިހެން ހިނގާތާ
ދުވަސްކޮޅެއް ވީފަހުން އަނެއްކާވެއް
އެއްކަލަ ކުއްޖާ ފެނިއްޖެއެވެ.
މި ފަހަރު ފެނުނީ
މިގެއާއި ވިދިގެން ދެކުނަށް އޮންނަ
ނެއްލައިދޫގެއާއި މިގެއާ ގުޅުނު
އިންފާރުން، އެ ގެއަށް ވަންނަން ހުންނަ
ކެނޑުމުންނެވެ.
ގޭގެ އެތެރެގެއިން
ގޯތިތެރެއަށް ނުކުންނަށް ހުންނަ ދޮރުން
ނުކުތް ރެއަކު މިތަނުން އެ ކުއްޖަކު
ފެނުމުން އަވަހަށް ގެއަށް ވަދެ އިނީއެވެ.
އެއީ ހަނދާންވާގޮތުން
ދެނަމާދު ދޭތެރެއެވެ.
މި ރޭ މިކަން
ހިނގި އިރު ބައްޕަ ގެއަކު ނޫޅުއްވައެވެ.
ދެން އުޅުއްވަނީ
ދޮންމަންމައެވެ.
ބޭބެމެންގާތު މި
ކަހަލަ ވާހަކަ ދައްކާކަށް ހިތްހަމައެއް
ނުޖެހެއެވެ.
އެހެންވް ބައްޕަ
ދުރުވަންދެން މަޑުކުރީއެވެ.
ބައްޕަ
ގެއަށް ދުރުވުމުން މިވާހަކަ ކިޔައިދީފީމެވެ.
އެހިނދު އަޅުގަނޑުގެ
އަތުގައި ހިފައިގެން ފެންޑާ ގެ އުދޯއްޔަށް
ނުކުންނަވައި އެ ކުއްޖަކު ފެނުނު ގޮތާއި
ހުރި ގޮތެއް އެއްސެވިއެވެ.
އަދި ބުނުއްވިއެވެ.
“އެއީ މި ގޭގައި
އުޅޭ އެއްޗެއް.
އެ ފެނުނަސް
ވާހަކަ ނުދައްކާތި.
ބިރު ނުގަންނާތި.
އަދި އެއްވެސް
މީހަކު ގާތު އެވާހަކަ ނުދައްކާތި.
އިރާދަކުރެއްވިއްޔާ
އެ އެތި އަނިޔާއެއް ނުދޭނެ.
އެއީ ބައްޕައަށްވެސް
ފެންނަ އެއްޗެއް.”
މިހެން ބުނުއްވައިފައި
އަޅުގަނޑުގެ ކަންފަތުގައި ހިފައިފައި
ތަކުރާރުކޮށް، އެވާހަކަ ނުދެއްކުމަށް
އެދިލެއްވިއެވެ.މި
ކުއްޖަކު ފެންނަކަން ގޭ އަންހެން މީހުނަށް
ފަޅާއެރީ ގޭގައި އުޅުނު ރަޙުމަތްތެރި
އަޙްމަދު މަޢުރޫފަށް އެ ކުއްޖަކު ފެނިގެން
ގޭ އަންހެންވެރިންގެ ގާތު ބުނުމުންނެވެ.
އޭގެ ކުރިން
އެކަކަށްވެސް، ބައްޕައާއި އަޅުގަނޑު
ފިޔަވައި ނޭނގޭނެއެވެ.
ކޮންމެއަކަސް
މިކުއްޖަކު އަޅުގަނޑަށް މިހާތަނަށް
(ޖުލައި
2012) އެންމެފަހުން
ފެނުނީ 2004 ވަނަ
އަހަރުއެވެ. އެއީ
ރޭގަނޑު ގޭތެރެ ރަމަތަކޮށް އެއްޗެހި
ގެއަށް ވެއްދުމުގެ މަސައްކަތެއް ކުރި
ރެއަކުއެވެ.
އިރާދަކުރެއްވިއްޔާ
މި ވާހަކަތައް އަދި ކިޔައިދޭނަމެވެ.
(Source:
manadhoolive.com.mv)
No comments:
Post a Comment