އެ ކުއްޖާ އެކި ސިފައިގައި
އާދަމް
ޒާހިރު (ކުރޮޅި)
އަޅުގަނޑުގެ
ޅަޢުމުރުގައި ގޭތެރެއިން ފެނުނު ޖިންނި
ކަމަށް ބުނެވޭ ކުއްޖެއްގެ ހިލަން އެކި
ފަހަރުމަތިން ފެންނަނީ އެކި ސިފައިގައެވެ.
ނަމަވެސް ބައްޕަގެ
ނަސޭޙަތް ޤަބޫލުކޮށް، ގއ.
ވިލިނގިލީ
ޝުހައިލުބޭ ކިޔައިދީފައިވާ ގޮތަށް
ކަންތައްތައްކުރެވޭތީ އެއްގޮތަކަށްވެސް
ބިރެއް ނުގަނެއެވެ.
ޚާއްސަކޮށް
އަޅުގަނޑުގެ ބައްޕައެއް ފަދަ މާހޮއްކޮ
ދޮހޮއްކޮބޭ ބުނުއްވައިފައިވާ ނަސޭޙަތުގެ
ބަސްތައް ހަނދާންވާތީ އެކަމާ ބިރެއް
ނުގަނެއެވެ.
“އާދަމް އަކީ
ޤުރުއާން ހިތުދަސްކުރާ ކުއްޖެއްނު.
އަދި ތިޔައީ
ޤުރުއާން ކިޔަވަން ދަންނަ ކުއްޖެއް.
ގިނައިން ޤުރުއާން
ކިޔަވާތި. އޭރުން
ތިޔައިގެ އެއްވެސް ކަމެއްގައި ބިރެއް
ނެތް. އަބަދުވެސް
ﷲ އަށް ދަންނަވާ.
ދުޢާކުރޭ.
އިރާދަކުރެއްވިއްޔާ
ޤުރުއާންކިޔަވައި ދުޢާކުރާހާ ހިނދަކު،
ނުބައި ޖިންނިއަކަށް އާދަމްއާ ގާތެއް
ނުވެވޭނެ” މާހޮއްކޮ ދޮހޮއްކޮބޭ ބުނުއްވި
މި ބަހަކީ ތެދެކެވެ.
އަޅުގަނޑާއި
ބޭބެ އަޙްމަދު ޒާހިރާއި ކޮއްކޮ އިބްރާހީމް
ޒާހިރު ނިދަނީ ގޭގެ މެދުގޭގައެވެ.
ބައެއްފަހަރު
ގެއަށް ޒިޔާރަތްކުރާ ބީރައްޓެހިން އެ
ތަނުގައި ނިދައެވެ.
ބައްޕައާއި
ދޮންމަންމަ ނިދިކުރައްވަނީ އެތެރެގޭގައެވެ.
އެހެންކަމުން
ގޭގެ މެދުގޭތެރެ ގިނަފަހަރު އޮންނަނީ
އަޅުގަނޑުމެނަށް ހުސްވެފައެވެ.
އެ ތަނުގައި
ޤުރުއާން ކިޔެވުމާއި ދީނީ ފޮތް ކިޔުމާއި
ލިޔުން އަޅުގަނޑުމެނަށް އޮވެއެވެ.
ޚާއްސަކޮށް
ދެނަމާދު ދޭތެރޭ ޤުރުއަން ކިޔެވުން
އޮވެއެވެ. ކޮއްކޮ
ކުޑަވީމާ ކޮންމެ ރެއަކު ކިޔެވުން އޮންނަނީ
ބޭބެއާއެކުގައެވެ.
އޭގެތެރޭން އެއް
ރެއަކު ޙައިރާންކުރުވި ކަމެއް ދިމާވިއެވެ.
އިސްވެ
ދަންނަވައިލެވުނު ރޭގައި ޤުރުއާންކިޔަވަން
ތިބީ ބޭބެއާއި އަޅުގަނޑާއެވެ.
މޭޒުދޮށުގައި
ތިބެފައި ބޭބެ ކިޔަވާގޮތް ކަމު ނުދާތީ
އަޅުގަނޑާއި ބޭބެއާ ދެކުދިންގެ މެދުގައި
ނުރުހުމެއްހިނގިއެވެ.
އޭރު ދޮންމަންމަ
އިންނެވީ ފެންޑާގައި ދުފުމުގައެވެ.
ދުފާފޮށި
އުނގައްލައްވައިގެން ފައި ވިއްދަމުން
ކޮށި ކުރާ ފައިގެ ހޫރުމާއެކު ހުއްޓުމެއް
ނެތި ހެއްލަމުންދިޔަ އުނދޯލިގެ ދަބަރު
ޖެހި ދަގަނޑުން ގޮވާ އަޑުން “ސުވިންޒޫސް”
ގޮވަމުންދެއެވެ.
އުނދޯލީގެ
އަނގުނުގައި ހުރި ބުޅިގަނޑުގެ ގޭނިފައިވާ
ދިމާއިން އުފައްދާ މިއަޑާ އެއްވަރަށް
ވަހުގައި ހުރި ހެލުމުން ގާ ގުޑާ އަޑު
އިތުރަށް ބިރުވެރި “މިޔުޒިކް”
އުފައްދައެވެ.
އަޅުގަނޑު
އިނީ އިރުމަތީ ބިތަށް ކުރިމަތިލައިގެންނެވެ.
އެއީ ގޭގެ މަގާ
ވީފަރާތެވެ.
މޭޒުމަތީގައި
ހުރި ކާފަދިން ފޮތް ގޮނޑީގައި ބާ ޚަތިމު
ހުޅުވައިފައި ވެއެވެ.
ބޭބެގެ ނުރުހުމާއެކު
ކިޔެވުން ހުއްޓައިލައިގެން އަޅުގަނޑު
އިނީ އިރުމަތީ ބިތުގައި ހުރި ތޭރިލީ
ނީލަމު ދޮރަށް ބަލާށެވެ.
ކުއްލިއަކަށް އެ
ދޮރުގެ ބޭރުންހީނލި މޫނެއް ފެނުމުން
ސިހުނެވެ. ދެވަނަ
ފަރަހަށް ހަމަ އެމޫނު ފެނުނެވެ.
އެއީ ޅަ އަންހެން
ކުއްޖެއްގެ މޫނެކެވެ.
ބިރު ނުގަތަސް
ބޭއިޚުތިޔާރުގައި، އުނދޯލިގައި އިން
ދޮންމަންމައަށް ދައްތާއޭ ކިޔައި
ގޮވައިލެވުނެވެ.
އެ އަޑަށް ދައްތަ
އައިސް ވީގޮތް އެއްސެވެ.
ނަމަވެސް ކިޔައި
ނުދެމެވެ. ދައްތަ
ޤަބޫލުނުކުރާނެތީއެވެ.
“ކަމެއް ނުވޭ.
ހަމަ ގޮވައިލެވުނީ”
ބުނެލީމެވެ. ލަސް
ނުކޮށް އަޅުގަނޑު ޤުރުއާން ކިޔަވަން
ފެށީމެވެ. އަޑުގެ
ކޮޅަށް ބާރަށް ޔާސީން، ތަބާރަކަ، ވާޤިއަތު
ކިޔައި ނިންމީމެވެ.
ބޭބެވެސް
އަޅުގަނޑާއެކު ދެ ސޫރަތެއް ކިޔެވިއެވެ.
އެއަށްފަހު
ހިނގައްޖެއެވެ.
ފެނުނު ކަންތައް
ހިތަށް އަރައި ފައި އެތައް ސުވާލު ކުރަމުން
ކިޔަވައި ނިންމައިލިއިރު އިޝާނަމާދުގެ
ވަގުތު ޖެހިއްޖެއެވެ.
"އެ
ދޮރުން މީހަކަށް މޫނެއް ނުދެއްކޭނެ.
އެ ދޮރު ހުރިފާރާއި
މަގުގެ ފާރާ ދެމެދު ފޫޓެއްގެ ދުރުމިން
ނުހުންނާނެ. ބާ
ދަގަނޑާއި ފިލައާއި ފާޑު ފާޑުގެ ބާތަކެތި
އެ ގޯޅިގަނޑުގައި ހުންނާނެ.
އެހެންވީމާ
މީހަކަށް ނުވަދެވޭނެ، އެތާކަށް.
އެހެންވިއްޔާ
އެއީ ކާކުބާ؟ މާފުށީގޭ ފުރާޅުގައި
އިންދައި ފެނުނު ކުއްޖާކަމަށްވާނީ"
މިކަހަލަ އެތައް
ފިކުރެއްގައި ހުރެ ނަމާދުކޮށް ދުޢާކޮށް
ނިންމީމެވެ. އަދި
ކުޑަދޮރަށް އެތައްފަހަރަކު ބެލީމެވެ.
ނަމަވެސް އެ
ކުއްޖަކު ދެން ނުފެނުނެވެ.
އޭގެފަހުން،
ލަފާކުރެވޭ ގޮތުގައި އަހަރެއްހައި
ދުވަސްވަހުން އަނެއްކާވެސް “އެކުވެރި”
ޖިންނި ކުއްޖާގެ ކުޅި މަޖާ ފެނުނެވެ.
މި ފަހަރު ވެސް
ގޭތެރެއަކުން ނޫނެވެ.
ނަމަވެސް މި
ފަހަރުގެ ފެނުމަކީ މި ކަމަށް ބައްޕަ
ވަރަށް ސަމާލުވެލެއްވި ފަހަރެކެވެ.
ތިޔަ ބޭފުޅުން
ޤަބޫލުކުރައްވާށެވެ.
މިއީ ކަން
ހިނގައިފައިވާ ގޮތެވެ.
ޙަޤީޤަތެކެވެ.
ޚުދު މި ލޮލާއި
މި އަތާއި މި ފައި ހެކިވާނެއެވެ.
ކާ މޭޒު
ދޮށުގައި އަޅުގަނޑު އެކަނި އިން ރެއެކެވެ.
ގޭގެ ދެކުނަށް
ހުންނަ ވަލުގެ (ފެންގަސްގެ)
އާ އިންވެފައި
ހުރި ބިތް ނިވައިކޮށްފައި ހުންނަނީ
ރަބަރުންނެވެ.
ހަކުރު ބަސްތާގެ
އެތެރޭގައި ހުންނަ ރަބަރު ބޭނުންކޮށްގެންނެވެ.
މި ދަންނަވައިލި
ރަބަރުގަނޑުގެ ބިއްދަށުން ބަޔަކު ބަލާހެން
ހީވެގެން އަޅުގަނޑު ވިސްނައިލީމެވެ.
އަދި ލޯ ޖަހައި
ވަލުގޭތެރެ ބަލަން ފެށީމެވެ.
އޭރު އެގޭތެރޭގައި
ހަތަރުފަސްކުއްޖަކު އުޅޭތީ ފެނުނެވެ.
މުޅީންވެސް
ކުޑަކުދީންނެވެ.
އަންހެން
ކުދީންނެވެ.
އެއިންކުއްޖަކު
ވާހަކައެއް ނުދައްކައެވެ.
ހަނދުވަރުގެ އަލި
ކުޑަކޮށް ހުރިނަމަވެސް ނުސާފުކަމުން
އެންމެ ރަނގަޅަށް އެކުދިންކުރާކަމެއް
ނޭނގެއެވެ. އެ
ކުދިން ހިނގައި ބިގައިވެއެވެ.
މިތަން ފެނިފައި
ޙައިރާން ވިއެވެ.
މިދެންނެވި
ވަލުގެއަކީ ފަޅު ގެއެކެވެ.
ކެއުފީނި ގިނަ
އަދި ގަސް ބޯ ގެއެކެވެ.
އެހެންކަމުން
އެގޭތެރެއިން މިދެންނެވި ކަންކަން
ފެނުމުން ހައިރާންކަން އިތުރުވީއެވެ.
އިތުރަށް،
އެވާގޮތެއް ބަލާހިތުން ރަބަރުގަނޑުން
ތަންކޮޅެއް ނައްޓައިގެން ހުޅުވަން
އުޅެނިކޮށް ފަހަތުން މީހެއްގެ ހިލަމެއްވެގެން
ބަލައިލި އިރު ކަމަކުދާކަށް ނެތެވެ.
ދޮންމަންމަ
ހިތްހަމަ ނުޖެހިފައި ހުންނެވިއެވެ.
“ކީއް ތިޔަކުރަނީ”
މި ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ.
ނަމަވެސް ދައްތަ
އިތުރު ސުވާލެއް ނުކުރަނީސް ބައްޕަ
ދުރުވެއްޖެއެވެ.
އަޅުގަނޑާ
ދިމާއަށް ބައްޕަ ދުރުވުމުން ދައްތަ
(ދޮންމަންމަ
އާމިނައިދީ، މިހާރު ނިޔާވެއްޖެ، މިއަހަރު،
މިއީ ކޮނޑޭ އާމިނަތު އިބްރާހީމް ދީދީ)
ބަދިގެއަށް
ވަންނަވައިފިއެވެ.
ވީގޮތް
ބައްޕައަށް ކިޔައިދިނުމުން ވަރަށް ބާރަށް
ދުރުވެ ބޭރަށް ނުކުންނަވައިފިއެވެ.
އަދި
ބައިގަނޑިއެއްހައިއިރުފަހުން
ދުރުވެއްޖެއެވެ.
އަޅުގަނޑު ދުރަށް
ގެންދަވައިފައި އެ ވާހަކަތައް ނުދެއްކުމަށް
އެދިލެއްވިއެވެ.
އަދި މާދަމާ
ޢަބްދުއްސައްތާރު ސީދީ ދުރުވާނޭކަމަށް
ބުނުއްވިއެވެ.
ކޮންމެއަކަސް
ޖެހިގެން އައި ދުވަހު ސީދިބޭ ދުރުވިއެވެ.
އަދި ބައްޕަ ގާތު
އެތައްވާހަކައެއް ދެއްކެވިއެވެ.
އަދި ގޭގައި
ހުންނަ ފެންދޭ އެތިގަނޑު ނަންގަވައި
އެއަށް ފުރައި ފެން އެޅުއްވިއެވެ.
އަދި އަޅުގަނޑު
ގާތު ތުންޖީނާ ޞަލަވާތް ހިތުން އެނގޭހޭ
އައްސަވައި އެ އެތިގަނޑުން ފެންއަޅަމުން
ޞަލަވާތް ކިޔަވަން ބުނުއްވިއެވެ.
އަދި މުޅި ގެއަށް
ފެން އެޅުމަށް ބުނުއްވިއެވެ.
އަޅުގަނޑު އެކަމެއް
ކުރީމެވެ.
ބައްޕަ
ބުނުއްވި ގޮތުގައި ވަލުގޭގައި އެ ކުދިން
އުޅުނު ހިސާބު ކެއުފީނިގަނޑުގެ ތެރޭގައި
ކަށް ބޯތަކެއް ހުންނާނެއެވެ.
އެއީ މި ގޯތިން
ނަގައި އަޅައިފައި ހުރި ބޮލެވެ.
ސީދީ ބުނުއްވާ
ގޮތުގައި މި ގޭގޯތީގައި ބައިވަރު މިނިކަށި
ހުންނާނެއެވެ.
އެކަން އެނގިލެއްވީ
މުޅި ގޯތީގައި ހިނ ހޮރު ގިނަވީމާކަމުގައި
ސީދީ ބުނުއްވިއެވެ.
އަދި ހިސާބަކަށް
ބޮޑެތި ބަރަވަލި ހޮރުވެސް ހުންނާތީ އެއީ
އޭގެ ޢަލާމާތްކަމަށް ބުނުއްވިއެވެ.
އެހެންކަމުން އެ
ކަށިތައް ނެގުމުގެ މަސައްކަތް ބައްޕަ
ކުރައްވަން ފެއްޓެވިއެވެ.
ނަމަވެސް އެއީ
އޭގެ ދެތިން ދުވަސް ފަހުންނެވެ.
މުޅި
ގޯތި ކޮނެ ކަށިތައް ނަގައި ސާފުކުރިއެވެ.
ތެދެކެވެ.
މުޅި ގެއިން
ދެތިން ބޮލާއި ގިނަ މިނިކަށި ނެގިއެވެ.
އަދި ކުދިކުދި
ކަށިކޮޅު ބައިވަރު ނެގުނެވެ.
ގިނަ ޢަދަދަކަށް
މުށިކޮޅާއި ލޯކޮޅު ކޮޅާއި އެފަދަ އެތައް
އެއްޗެއް ނެގުނެވެ.
މި ހުރިހާ އެއްޗެއް
ނަންގަވައި ސާފުކޮށް ކަށިތައް ގޯނި
ގޯންޏަށް އަޅުއްވައި އޭރުގެ ކަމާބެހޭ
ފަރާތައް ޙަވާލުކުރެއްވީ ޚުދު ބައްޕައެވެ.
ގެއިން ނެގި
މިނިކަށި ގިނަކަމުންނާއި ފެނުނު ގޮތުން
އެއީ ކޮންމެވެސް އިރެއްގައި މީހުން
ވަޅުލި ތަނެއްކަމުގައި ވިސްނުނެވެ.
މީސް މީހުންގާތު
އައްސަވައިފައި ބައްޕަ ބުނުއްވީ މި
ހިސާބަކީ ހަނގުރާމަތަކުގައި މަރުވި
މީހުން ވަޅުލައިފައިވާ ތަނެއްކަމުގައެވެ.
ކޮންމެއަކަސް
ކަށިތައް ނަގައި ތަން ސާފުކޮށްފިއެވެ.
އަޅުގަނޑުގެ
ގެ ހުންނަ ކޮއްޓަށް ކިޔަނީ “ކުރޮޅިކޮށި”
އެވެ. ބުނެވޭގޮތުގައި
މީހުން ދިރިއުޅެން، މި ކޮށީގައި އެޅި
ފުރަތަމަ ގެއަކީ މިއީއެވެ.
ބައްޕަ ބުނުއްވި
ގޮތުގައި މި ގެއަކީ މަންމަ (ހޭނަ
ކުޑަކަނބުލޮ، މއ.އަތިރިމަތީގެ)
ކުއްޔަށް ހިއްޕެވި
ގެއެކެވެ. މަހަކު
15 ރުފިޔާއަށް
މިގޯތި ކުއްޔަށް ނަންގަވައި ދަނޑުވެރިކަމުގެ
ބާވަތްތައް މުޑުވައްކޮށް ހެއްދެވީ
ބައްޕައާއި މަންމަގެ ދިރިއުޅުއްވުމަށެވެ.
މި ގޯތި ބައްޕަމެނަށް
ލިބުނުއިރުވެސް މިއީ ބޮޑު ވަލެކެވެ.
މިނިކައްޓާއި
އެނޫންވެސް ބާވަތްތަކުގެ ކަޑި ވަލުގައި
ގިނައިން ހުއްޓެވެ.
ކޮންމެއަކަސް
ގޯތި ބަންޑާރަވެ ގޯތި ލިބުނުއިރު މަންމަ
ދުނިޔޭގައި ނެތެވެ.
އެހެންވެ ގޯތި
ރެޖިސްޓްރީކުރެވުނީ ބައްޕަގެ ނަންފުޅުގައެވެ.
އަޅުގަނޑަށް
ފެންނަ ޖިންނި ކުއްޖާ މާފަހުންފެނުނެވެ.
މިފަހަރު ފެނުނީ
ގޭ ތެރެއިންނެވެ.
މި ދަންނަވައިލި
ދުވަސްވަރު އަޅުގަނޑު ނިދަނީ
ކުޑަކޮޓަރިއެއްގައެވެ.
ބައްޕަ ނިދިކުރައްވަނީ
އަލަށް ގޭގެ އުތުރު ބިތުގައި، މާފުށީގެއާ
އިންވެގެން އަޅައިފައި ހުރި ކޮޓަރިއެއްގައެވެ.
އަޅުގަނޑުގެ
ކޮޓަރީގެ ކުޑަދޮރަކާއި ބައްޕަ ކޮޓަރީގެ
ދޮރާ ދިމާވެއެވެ.
މިގޮތަށް ކޮޓަރިތައް
ވަކިވެ ނިދަމުން ދިޔަ ދުވަސްތަކުން އެއް
ރެއެއްގެ ދަންވަރު އަޅުގަނޑަށް ހޭލެވުނީ
ކުކުޅު ކުކުކުކު ލައްވާ އަޑަށެވެ.
ކޮޓަރީގެ ދޮރު
ހުޅުވައިލުމަށް ހިތްހަމަ ނުޖެހޭތީ
ކުޑަދޮރުން ބޭރު ބަލައިލީމެވެ.
އޭރު ބައްޕަގެ
ކޮޓަރީ ދޮރު ކައިރިން ކުކުޅެއް ހުރެ
ދެއެވެ. ފަހަތުން
ވިއްސަކަށް ފިޔޮއް ދެއެވެ.
ހައިރާންވީ އެ
ތަން ބަލަން ކުކުޅުގެ ކުރީގައި ކުޑަ
އަންހެން ކުއްޖަކު ހުރީމައެވެ.
އަސްތާއެވެ.
އެއްކަލަ
ކުއްޖާއެވެ.
އަޅުގަނޑު
ކުޑަދޮރުގެ ފޮތިގަނޑު ދަމައިލުމަށްފަހު
ބައްޕައަށް ގޮވީމެވެ.
މާގިނައިރެއް
ނުވެ ބައްޕަ ތެދުވަންނަވައިފިއެވެ.
އަދި ކޮޓަރީގެ
ދޮރު ހުޅުވައިލެއްވިއެވެ.
އެ ވަގުތު
އަޅުގަނޑުވެސް ކޮޓަރީގެ ދޮރު ހުޅުވައިލައިފައި
ނުކުތީމެވެ.
ބައްޕަގާތު ވީގޮތް
ކިޔައިދީފީމެވެ.
ގޯޅި ތެރޭ ވެލިގަނޑު
ބެލި އިރު ކުކުޅު ހިނގައިފައި ދިޔަ
ފިޔަވަޅު އޭރުވެސް ފާހަގަވާން ހުއްޓެވެ.
އެހެންވެ ޓޯޗު
ހިފައިގެން ގޯތި ތެރެ ބަލަން ބައްޕަ
ނުކުންނެވިއެވެ.
އަޅުގަނޑުވެސް
ގޯތިތެރޭގައި ހުރި ބޮކިތައް ދިއްލައިލީމެވެ.
ނަމަވެސް
ނަކާމިޔާބެވެ.
ކުކުޅެއް ފިޔޮކެއް
އަދި ކުއްޖެއްވެސް ނުފެނުނެވެ.
މި ރެއަކީ ބައްޕަ
ކަންބޮޑުވި ރެއެކެވެ.
ނަމަވެސް
އަނެއްކާވެސް އެވާހަކަ ނުދެއްކުމަށް
ބައްޕަ އެދިލެއްވިއެވެ.
ކޮންމެއަކަސް
މި ކުއްޖަކު ދޭތެރެ ދޭތެރެއިން ފެނެއެވެ.
ދިމާވެއެވެ.
ނަމަވެސް އެއްވެސް
އުނދަގުލެއް ދިމާނުވެއެވެ.
އަދި ގެއްލުމެއްވެސް
އޭގެ ފަރާތުން ނުފެނެއެވެ.
އިރާދަކުރެއްވީތީ
ގޭގެ އެއްވެސް މީހަކަށް މީގެ އުނދަގުލެއް
ލިބުނު ކަމެއް ނޭނގެއެވެ.
އެއީ ވަރަށް
އުފާވި ކަމެކެވެ.
މި ކުއްޖަކު
ގިނައިން ފެންނަނީ ރީތި އަންހެން
ކުއްޖެއްގެ ގޮތުގައެވެ.
ސީދާ މޫނަށް
ބަލަން ހުއްޓައެވެ.
ނޫނީ ބަލައިގެން
ހެވިފައި އިންދައެވެ.
ނަމަވެސް
ދެތިންފަހަރަކު އެހެން ސިފަ ސިފައިގައި
ފެނިފައިވެއެވެ.
މި
ކުއްޖަކު މި ގޮތްގޮތަށް ފެންނަކަން ގޭ
އަންހެން ވެރިންނަށް ފަޅާއެރީ ގޭގައި
އުޅުނު ރަޙުމަތްތެރި އަޙްމަދު މަޢުރޫފަށް
އެ ކުއްޖަކު ފެނިގެން ގޭ އަންހެންވެރިންގެ
ގާތު ބުނުމުންނެވެ.
އޭގެ ކުރިން
އެކަކަށްވެސް، ބައްޕައާއި އަޅުގަނޑު
ފިޔަވައި ނޭނގޭނެއެވެ.
ކޮންމެއަކަސް
މިކުއްޖަކު އަޅުގަނޑަށް މިހާތަނަށް
(ޖުލައި
2012) އެންމެފަހުން
ފެނުނީ 2004 ވަނަ
އަހަރުއެވެ. އެއީ
ރޭގަނޑު ގޭތެރެ ރަމަތަކޮށް އެއްޗެހި
ގެއަށް ވެއްދުމުގެ މަސައްކަތެއް ކުރި
ރެއަކުއެވެ.
އިރާދަކުރެއްވިއްޔާ
މި ވާހަކަތައް އަދި ކިޔައިދޭނަމެވެ.
ހޯމަ
،6 އޯގަސްޓް
2012
(Source:
manadhoolive.com.mv)
No comments:
Post a Comment